ENGLISH

30 އޭޕްރީލު 2026

Advertisement

700 ސިޔާސީ ވަޒީފާއަކީ ރިޔާސީ ވައުދެއް ނޫން، އެއީ އިންތިގާލީ މަރުހަލާގައި ހިފި އަމާޒެއް: ސަރުކާރުގެ ތަރުޖަމާނު

30 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ފެށި ސިލްސީ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރެއްވުމަކީ އިންތިގާލީ މަރުހަލާގެ ތެރޭގައި ހިތްޕެވި އަމާޒެއް ކަމަށެވެ.

ސަރުކާރުގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކުރިން ހިނގަމުން އައި ވުޒާރާތަކުގެ ތެރެއިން ފަސް ވުޒާރާއެއް މަދުކޮށްފައިވާއިރު ކޮންމެ ވުޒާރާއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ހުއްޓުމެއް ނެތި ގެންދަނީ ކުރަމުންނެވެ.

ސަރުކާރާ އަދި ކުންފުނިތަކުގައި ހިމެނޭ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު އަންގަވާފައިވާއިރު މުވައްޒަފުން ވަކިކުރާނީ  "ޕާފޯމެންސް ބޭސްޑް" ކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ތަރުޖަމާނު ވިދާޅުވީ މި މަސައްކަތްތައް ނިމުމުން ސިޔާސީ މަގާމުތަކުގެ އަދަދުތައް ވަރަށް ބޮޑުތަނުން މަދުވެގެންދާނެ ކަމަށެވެ. 

"ޕްރޮސެސް ނިމުނީމަ އާރްޓީއައި އަކާ ނުލައި ވެސް ރައީސް ވެސް ވިދާޅުވި އަޑު އައްސަވަމޭ، ކަންބޮޑުވާ ކަންކަމަށް އެޑްރެސް އެބަ ކުރައްވަމޭ ޖަވާބުދާރީ ވާނަމޭ. އެހިސާބުން ސިޔާސީީ މަގާމުތަކުގެ އަދަދަށް އައި ބަދަލު ހާމަކުރާނަން،" ތަރުޖަމާނު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ސިޔާސީ މަޤާމުތައް އެއްހާހަށްވުރެ ގިނައިރު އެކަމުގެ ކަންބޮޑުވުން ރައްޔިތުން މެދުގައި އޮތެވެ.  ރައީސް ވަނީ ސަރުކާރުން ގެންނަމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން އެންމެ ހާއްސަ އިސްކަމެއް ދެއްވާނީ ކަމަށް ޤާބިލު، ދާއިރާތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް އިސްކަންދިނުމަށް ކަމަށް ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު