ENGLISH
15 އޭޕްރީލު 2026
މާލެ ކަސްޓޯޑިއަލް ގައި ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ
15 އޭޕްރީލު 2026
|
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ
އެންމެ މަޤްބޫލު
މާލެ ކަސްޓޯޑިއަލް ގައި ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވެފައި ވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށާ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަަށް ބުންޏެވެ.