ENGLISH
21 އޭޕްރީލު 2026
ސަތާރަ އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް، ތަހުގީގު ފަށައިފި
15 އޭޕްރީލު 2026
|
ފުލުހުންގެ މައި މަރުކަޒު
އެންމެ މަޤްބޫލު
އުމުރުން ސަތާރަ އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެ އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ފަށައިފި އެވެ.
އެކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރ އަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.
ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއް ކަމުން އިތުރު ތަފްސީލެއް ނުދެ އެވެ. އެމްއެމްޓީވީއަށް އެނގިފައިވާ ގޮތުގައި އުމުރުން 17 އަހަރުގެ އެ ކުއްޖާ އަކީ ގުރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.