ENGLISH
21 އޭޕްރީލު 2026
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ސެގްމަންޓް ފަހެއްގައި މިހާރު ކުރަނީ ކީވޯލުގެ މަސައްކަތް
21 އޭޕްރީލު 2026
|
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓްގެ މަސައްކަތުގެ ތެރެއިން ކޭވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތް ނިންމައިފި-- ފޮޓޯ، އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ފަސް ވަނަ ސެގްމަންޓްގެ މަސައްކަތުގެ ތެރެއިން ކީވޯލް ކެޕިން ކޮންކްރީޓް މަސައްކަތް ނިންމާލައިފިއެވެ.
މަސައްކަތް ކުރާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ކީވޯލް ކެޕިން ކޮންކްރީޓް މަސައްކަތް ނިމުމާއިއެކު، މި ހަފްތާގެ ތެރޭގައި ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތަކާއި، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ސެޓްލްމަންޓް ޓޭންކްތަކާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ތާވަލްކުރެވިފައިވާ ކަމަށެވެ.
ސެގްމަންޓް 2، 3، އަދި 4 ގައި 220 މީޓަރުގެ ޝީޓް ޕައިލިން މަސައްކަތް ނިމި، އަމަލީ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ދާކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން އަލުން ހެދުމަށް އެންމެ ފުރަތަމަ ނިންމީ، ޖުމްހޫރީ މައިދާނާ ދިމާލުން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމަށެވެ. މި ސަރަހައްދު ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުވާލާފައެވެ.
މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ ފެބްރުއަރީ މަހު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ފުޅާކުރެވިފައިވާ، ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށްވެސް އިންތިހާއަށް ލުއިފަސޭހަ އަދި ހިތްގައިމު މަގަކަށެވެ.