ENGLISH

21 އޭޕްރީލު 2026

Advertisement

އިދާރާތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރުތަކަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުތަކެއް ގެންނަވައިފި

15 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

ސަރުކާރުގެ އިދާރީ އޮނިގަނޑަށް، ބައެއް ބަދަލުގެންނެވުމާ ގުޅިގެން، ދައުލަތުގެ އިދާރާތަކަށް ލިޔުއްވާ ސިޓީގައި ނަންބަރުޖެހުމަށް މިހާރު ކަނޑައަޅުއްވާފައިވާ ނަންބަރު ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަދަލު ގެންނަވައިފި އެވެ.

އެގޮތުން، ދައުލަތުގެ އިދާރާތަކަށް ލިޔުއްވާ ސިޓީގައި ނަންބަރުޖެހުމަށް ގެންނަވާފައިވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި މިހާރު ވަނީ އާންމުކޮށް އިޢުލާންކުރައްވާފަ އެވެ. އެގޮތުން ގެންނެވި ބަދަލުތަކަކީ

* 1139 މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

* 10 މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ

* 13 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް

* 22 މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

* 23 މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ

* 101 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

* 30  މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް

* 142 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް

* 88 މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

* 141 މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް

* 473 މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

* 491 މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް

ކިޔުންތެރިންގެ ހިޔާލު