ENGLISH

15 އޭޕްރީލު 2026

Advertisement

އޮމަދޫ ބޭރު ތޮށީގައި ހިލަޖެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

15 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އޮމަދޫ ބަނދަރުގައި ހިލަޖެހުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

އދ. އޮމަދޫ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ގްރޮއިންގ ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫގެ ދަށުން 606 މީޓަރުގެ ދިގު މިނަށް ހިލަ ޖެހުމާއި، 346 މީޓަރުގެ ޕްރީކާސްޓް އެލް ބްލޮކް ޖެހުން ހިމެނެއެވެ.

ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ އިތުރުން އޮމަދޫގައި އެމްޓީސީސީން އަންނަނީ، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު