ENGLISH
15 އޭޕްރީލު 2026
ފޮއްދޫގެ އައު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް
15 އޭޕްރީލު 2026
|
ފޮއްދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ނ.ފޮއްދޫގައި ގާއިމްކުރާ އައު ޕޮލިސް ޕޯސްޓުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން މިކަން ހާމަކޮށް ކުރި ޕޯސްޓެއްގައި ބުނީ، މިހާރު އެރަށުގގެ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ދަނީ، ސީލިންގ ހެދުމާއި، ކަރަންޓު އެޅުމުގެ މަސައްކަތުގެ އިތުރުން ކުލަލުމުގެ މަސައްކަތް ކަމަށެވެ.
ފޮއްދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފެށުމަށް ބިންގާ އަޅުއްވައިދެއްްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފޮއްދޫގައި ހަލުވިކަމާއެކު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
އެގޮތުން އެރަށުގައި ފިޓްނެސް ސެންޓަރެއްގެ މަސައްކަތް ކޮށްފައިވާއިރު، ބަނދަރު ޒަމާނީ ފެންވަރަަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފައްޓަވައިދެއްވީ، މި އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.