ENGLISH

11 އޭޕްރީލު 2026

Advertisement

ދާއިރާތަކުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު

11 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ނިމިދިޔަ ކައުންސިލް އިންތިހާބުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންހާބުގައި ކެންޑިޑޭޓުންގެ މެދުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފި އެވެ. 

އިލެކްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބަކީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް އިންތިހާބު ކަމަށެވެ. މި އިންތިހާބުގެ ދެ ވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބުތައް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ޒާހިދު ވިދާޅުވި އެވެ. 

"އިންތިހާބުގެ ދެ ވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބުތައް މި މަހުގެ 18 ވަނަ ދުވަހު، އާދެ އަންނަ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތަކުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން،" ޒާހިދު ވިދާޅުވި އެވެ. 

މި ފަހަރު ބޭއްވި އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދާކުރި އިންތިހާބެވެ.

ހޮނިހިރު ދުވަހު ތިން އިންތިޚާބެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރަގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން، އަދި ސިޓީތަކަށް 52 ކައުންސިލަރުން އިންތިޚާބުކޮށްފައިވެ އެވެ. ހަމަ މި އަދަދަށް އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު