ENGLISH

11 އޭޕްރީލު 2026

Advertisement

ވޯޓު ނިމުނަސް ވަޢުދުފުޅުތައް ފުއްދުމުގައި މަޑުޖެހުމެއް ނާދޭ: ޝުޖާއު

11 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މެމްބަރު ޝުޖާއު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންހާބު ނިމިފައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި މަޑުޖެހުމެއް ނާންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

މިދިޔަ އިންތިހާބުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ދައްކަމުން އައި އެއް ވާހަކައަކީ އިންތިހާބު ނިމުމާއެކު ރައީސް ރައްޔިތުންގެ ގާތަށް ޒިޔާރަތް ނުކުރާނެ ވާހަކައާއި ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ދެން ނުފުއްދާނެ ވާހަކަ އެވެ. ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ވޯޓު ބޯމަތިވެފައިވާތީ ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން އައީ ބުނަމުން ނެވެ. 

މިހެން މިކަން އޮއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު އިއްޔެ ވަނީ ފަށާފަ އެވެ. މިކަމާ ގުޅިގެން މެމްބަރު ޝުޖާއު ވިދާޅުވީ ވޯޓު ނިމުނު ނަމަވެސް ރައީސް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވައުދުފުޅަކަށް ކުޑަވެސް މަޑުޖެހުމެއް ނާންނަ ކަމަށެވެ.

"ދިވެހީން ދެކެމުން މިދަނީ އުފާފާގަތި ދުވަސްތަކެއް. އެމްޑީޕީ ސަރުކާރުން ނެގި ބޮޑު ލޯނު ހަލާސް ކުރުމާއެކު ދިވެހީން ދެން ދެކޭނީ މާއުޖާލާ ދުވަސްތަކެއް،". މެމްބަރު ވިދާޅުވި އެވެ. 

ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. 

މިވަރުގެ ސަރަޙައްދެއް ހިއްކުމަށް ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ބިން ހިއްކާނީ ފިލިއްޕޯ ބްރޫނެލެސްކީ ނަމަކަށް ކިޔާ ޓްރެއިލިން ސަކކްޝަން ހޮޕަރ ޑްރެޖަރެއް ބޭނުންކޮށްގެން ނެވެ.

ގާދިއްފުށީން 11 ހެކްޓަރުގެ ބިން 10 ދުވަސްތެރޭ ހިއްކާ ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު