ENGLISH

08 އޭޕްރީލު 2026

Advertisement

އެމްޑީޕީ ރޫޅުން ކުރިއަށް: ގަޕޯ ވަކިކުރަން ޤައުމީ މަޖިލީހުގެ މެންބަރުން ތެދުވެއްޖެ

08 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ގަޕޯ --

އެމްޑީޕީގެ ގިނަ އަދަދެއްގެ ޤައުމީ މަޖިލިސް މެންބަރުން ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން ހުށައަޅައިފި އެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އޮތީ ލިބުނު ކާމިޔާބީގެ ކްރެޑިޓް ހޯދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދި އަލުން ފެކްޝަން ފޯރިގަދަވެފަ އެވެ. އަދި އޭގެ ތެރެއިން ޕާޓީގެ ބާރު ހޯދުމުގެ ރޭހެއްވެސް ވަނީ ފެށިފަ އެވެ.

އިހަކަށް ރޭ އޮތް އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވި އެވެ. އެ ދެ ބޭފުޅުން ޖަލްސާއަށްވެސް ވަޑައިނުގެންނެވި އެވެ. އަދި އުފާފާޅުކުރުމުގެ ނަމުގައި ބޭއްވި ޖަލްސާ މާބޮޑު ފޯރިއެއް ނެތި އެއް ގަޑިިއިރުތެރޭ ނިންމާލި އެވެ.

އަދި އިއްޔެ ވަނީ ނަޝީދަށް ވަފާތެރިވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު (އިދާރީ) ކަމުން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަކިކޮށްފަ އެވެ. އަދި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މަޢުރޫފް މަޤާމުން ވެސް ވަނީ މަޤާމުން ވަކިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު