ENGLISH

07 އޭޕްރީލު 2026

Advertisement

ފަތުރުވެރިކަމުގެ ގޮންޖެހުންތައް ދެނެގަތުމަށް ވިޒިޓް މޯލްޑިވްސްއިން ވެބިނާއެއް ބާއްވަނީ

07 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ވިޒިޓް މޯލްޑިވްސްއިން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާ ގުޅިގެން ބާއްވާ ވެބިނަރގެ ޕޯސްޓަރު. ވެބިނަރ އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހު.

ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، މައްސަލަތައް ޙައްލުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޚާއްޞަ ވެބިނާއެއް ބާއްވަން ނިންމައި، އެކަން އިއުލާނުކޮށްފިއެވެ. 

"ދި ކޮންފްލިކްޓް ޕްލޭބުކް ފޯރ ޓްރެވެލް - އެޑެޕްޓް، ޕިވެޓް ލެޑް މޯލްޑިވްސް އެޑިޝަން" ނަމުގައި ވެބިނާ އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުގެ މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރުއެވެ. މި ވެބިނާ ބާއްވަނީ، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާ ގުޅިގެންނެވެ.  

މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ހަމަނުޖެހުންތައް އިތުރަށް ގޯސްވެ އެންމެ ބޮޑު އަސަރެއްކޮށްފައިވާ ދާއިރާއަކީ ފަތުރުވެރިކަމެވެ. މިގޮތުން، ވައިގެ ދަތުރުތަކަށް ބުރޫއެރުމާއި، ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވަނީ މަދުވެފައެވެ. 

ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު މިހާރު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔު.ޓީ.ޓީ.ސީ) އިން އަންދާޒާކޮށްފައިވާގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި ކުރާ ހޭދައިން ކޮންމެ ދުވަހަކު ދުނިޔޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އަންނަނީ ލިބެމުންނެވެ. 

މި ވެބިނާގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުން ޙައްލުކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ވިޒިޓް މޯލްޑިވްސްއިން އެދުނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ގޮންޖެހުމުން އަރައިގަތުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކުން މި ވެބިނާގައި ބައިވެރިވުމަށެވެ. މިގޮތުން https://us02web.zoom.us/webinar/register/WN_8-EssENVQxC4wR_mR1fdyw މެދުވެރިކޮށް ވެބިނާގައި މިހާރު ބައިވެރިވެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު