ENGLISH
06 އޭޕްރީލު 2026
ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިޔާއިން
06 އޭޕްރީލު 2026
|
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް.
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
މި އަދަދުތަކާއެކު ރަޝިއާ ވެގެންގޮސްފައި ވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް ވަނީ 80،143 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރަޝިއާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު 19 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 12.5 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިން ނެވެ.
ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ. 10 އިންސައްތަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ދޭއް އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓާތަކުގަ އެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ރަޝިއާ ފަތުރުވެރިންނަކީ 1.3 އިންސައްތަ އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު ދިވެހި ފަތުރުވެރިކަމަށް ވަނީ ކޮށްފަ އެވެ. މިއާއެކު މި މައްސަލަ ހައްލުކޮށް ދިވެހި އިގްތިސާދު ވަރުގަދަކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.