ENGLISH

06 އޭޕްރީލު 2026

Advertisement

އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ފެށިއްޖެ: ކާމިޔާބެެއް ލިބުނީ ނަޝީދު އެނބުރި އައިސްގެނެއް ނޫން

06 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ނަޒީހާ އަދި ވަހީދު --

ނިމިދިޔަ ކައުންސިލް އިންތިޚާބު ނިމުމާއެކު އިދިކޮޅު އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ފެށިއްޖެ އެވެ.

ދެ ފެކްޝަންގެ ކޯޅުން މި ފެށުނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެ ޕާޓީން ހީކުރިވަރަށް ވުރެ ރަނގަޅު ކާމިޔާބީއެއް ލިބި އެ ކާމިޔާބީގެ ކްރެޑިޓް ހޯދަން ދެ ފެކްޝަނުން މަސައްކަތް ފެށުމާ އެކު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ކޮއްކޮ, ނަޒީހާ އަޙްމަދު ވަނީ އެމްޑީޕީ މޮޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮރްކެޓްސްގެ މެންބަރުން އެނބުރި އައިސްގެން ނޫން ކަމަށް ބުނެފަ އެވެ. 

"މޮޅުވީ އެމްޑީޕީ މެންބަރުން އެކުގައި ނިކުމެ މަސައްކަތް ކުރީމަ. ވަކި ބަޔަކު އެނބުރި އައިސްގެން ވީ ކަމެއް ނޫން," އިންތިޚާބުން ލިބުނު ކާމިޔާބީގެ ކްރެޑިޓް ހޯދަން ނަޝީދުގެ ސަޕޯޓަރުން ކުރާ މަަސައްކަތަށް ރައްދުދީ ނަޒީހާ ބުނެފައިވެ އެވެ.

ނަޒީހާގެ އެ ވާހަކަތަކަށް ނަޝީދުގެ ފެކްޝަނުން ވަނީ ވަރުގަދައަށް ރައްދު ދީފަ އެވެ. އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވަނީ ނަޒީހާއަށް ރައްދު ދީފަ އެވެ. އޭނާ ވަނީ ނަޒީހާއާ ފަޒްނާ އަށް މަލާމާތުގެ ގޮތުން އެމްޑީޕީ މޮޅުވީ "ހުރިހާ ރޯލަޔަސް" ގޭގައި ނުތިބެ މުޅި ރާއްޖޭގައި ކުރި އާދަޔާ ޚިލާފު މަސައްކަތުން ކަމަށް ބުނެފަ އެވެ.

ނަޝީދުގެ އެ ނޫން ސަޕޯޓަރުން ވެސް ވަނީ ނަޒީހާއަށް ރައްދު ދީފަ އެވެ. އަދި އެމްޑީޕީ މޮޅުވީ ނަޝީދުގެ ސަަބަބުން ކަމަށް ބުނެފައިވެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ވެސް އާރާއި ބާރު ހޯދުމަށް ދެ ރައީސުންގެ މެދުގައި ކުރެވުނު މަސައްކަތް އެންމެ ފަހުން ނިމުނީ ނަޝީދު ޕާޓީން ވަކިވެ އައު ޕާޓީއެއް އުފައްދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު