ENGLISH

06 އޭޕްރީލު 2026

Advertisement

"ދަޑިމަގު" އަންހެނުންނަށް ޚާއްޞަ ގޮނޑި ޕީއެންސީއިން ކާމިޔާބުކޮށްފި

06 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ފުވައްމުލައް ސިޓީ ކައުންސިލް ދަޑިމަގު ދާއިރާގެ އިންތިޚާބީ މެމްބަރު--

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ފުވައްމުލަކު ސިޓީ ކައުންސިލްއިން ޕީއެންސީއަށް ގޮނޑިއެއް ކަށަވަރުވެއްޖެއެވެ. 

ސަރުކާރު ހިންގާ މައި ޕާޓީއަށް ލިބިފައިވަނީ ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑި އެވެ.

އެންމެ ފުރަތަމަ އާއްމުކުރި ވަގުތީ ނަތީޖާއިން ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެވެ. އެހެންނަމަވެސް އެހެން ރަށްރަށުގައި ހުރި ވޯޓުފޮށިތައް ގުނުމުން މިހާތަނަށް އިއުލާންކުރި ނަތީޖާ ދައްކާ ގޮތުން، ދަޑިމަގު ދާއިރާގެ ގޮނޑީގައި މިހާރު ކުރީގައި އުޅެނީ އެ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރު ޢާއިޝަތު އަބްދުލްގާދިރެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޢާއިޝަތު ޢަބްދުލްގާދިރު ގޮނޑި ކާމިޔާބުކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ސިޓީތަކުގެ މެޖޯރިޓީ ގެއްލުނަސް، މުޅި ރާއްޖެއަށް ބަލާއިރު ޕީއެންސީއިން ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު