ENGLISH
06 އޭޕްރީލު 2026
އެންޓި ސްކޭމް ސެންޓަރަށް އަހަރެއް: 10 މިލިއަން ރުފިޔާ އަނބުރާ ހޯދައިދީފި
06 އޭޕްރީލު 2026
|
އެންޓި ސްކޭމް ސެންޓަރަށް އަހަރެއްވީއިރު ގެއްލުނު 10 މިލިއަން ރުފިޔާ އަނބުރާވަނީ ހޯދައިދީފައި.
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު ގާއިމުކުރިތާ އަހަރެެއް ވީއިރު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފައިވާކަމަށް އެ ސެންޓަރުން ހާމަކޮށްފި އެވެ.
ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެ ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ޖުމްލަ ޖުމުލަ 2,259 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
ހިސާބުތަކަށް ބަލާއިރު ފާއިތުވި އެއް އަހަރު ތެރޭގައި ސްކޭމްތަކުގެ ސަބަބުން ޖުމުލަ 27,564,410 ރުފިޔާ ގެއްލިފައި ވެއެވެ. މީގެތެރެއިން 10,190,879 ރުފިޔާ އަނބުރާ ވަނީ ހޯދާފަ އެވެ. އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 785 މައްސަލައެއް މިހާތަނަށް ހައްލުކުރެވިފައިވާއިރު، ސްކޭމްތަކާ ގުޅުންހުރި 3,852 ބޭންކިން އެކައުންޓެއް ފްރީޒްކޮށް، 36 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން، ސްކޭމް ހިންގުމަށް ބޭނުންކުރި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 235 ނަންބަރަކާއި، 452 ޑިވައިސެއް ބްލޮކް ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.