ENGLISH
26 މާރިޗު 2026
މޭ/ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތެއް
26 މާރިޗު 2026
|
އޭލެވެލް އަށް ކިޔަވާ ދަރިވަރުންތަކެއް. ފޮޓޯ؛ ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް މާޗު 29 އަށް ފުރުޞަތު ދީފި އެވެ.
އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް ޑީޕީއީއިން ފުރުޞަތު އިތުރުކޮށްދީފައި ވަނީ، ބައިވެރިވުމުގެ މުއްދަތު މާރޗް 12އަށް ހަމަވެފައި ވަނިކޮށެވެ.
ޑީޕީއީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އަމިއްލަ ގޮތުން މޭ/ޖޫންގައި އޭލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އޮންނާނީ މާރޗް މަހުގެ 29 ވަނަ ދުވަހުގެ ރޭ 12:00އާ ހަމައަށެވެ.
މެއި / ޖޫންގައި އޭލެވެލް އިމްތިހާނު ބާއްވަން މި ފެށީ ފަސް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މީގެ ކުރިން އަމިއްލަ ގޮތުން އޭލެވެލް މެއި/ޖޫންގައި ހަދަން ބޭނުންވާ ދަރިވަރުން ދަނީ އަވަށްޓެރި ސްރީލަންކާއަށެވެ. އެކަމުގެ ޝަކުވާ ބޮޑުވެ. ދަރިވަރުންތަކެއްވަނީ މެއި ޖޫންގެ އިމްތިޙާން ރާއްޖޭފައި ބާއްވައި ދިނުމަށް ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ.
މެއި/ޖޫންގައި އިމްތިހާނު ބާއްވަނީ ބައިވެރިވާ ކޮންމެ ދަރިވަރެއްގެ އަތުން 3،000 ރުފިޔާގެ ފީއެއް ނެގުމަށްފައެވެ. އަދި އޭގެ އިތުރުން ކޮންމެ މާއްދާއަކަށް ވަކިން ފީ ދައްކަން ޖެހެއެވެ.
މެއި/ޖޫން ގެ އޭލެވެލް އިމްތިޙާނު ބާއްވަން ނިންމައި އެޑިޔުކޭޝަން މިނިސްޓްރީން އޭރު ބުނީ، ރާއްޖޭގައި މެއި/ ޖޫންގައި އޭލެވެލް ހަދަން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި އެވަރެޖުކޮށް 30،000 ރުފިޔާ ޚަރަދުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.