ENGLISH
26 މާރިޗު 2026
ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
26 މާރިޗު 2026
|
އެންމެ މަޤްބޫލު
ހއ. ދިއްދޫގައި އިމާރާތްކުރާ އެ އަތޮޅުގެ ހޮސްޕިޓަލުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމާށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ އެ ހޮސްޕިޓަލުގެ ފައުންޑޭޝަން ކޮންކްރީޓުގެ މަސައްކަތް ކަމަށެވެ.
އެމްޓީސީސީއިން ފާހަގަ ކުރިގޮތުގައި ފަންސާސް އެނދުގެ މި ހޮސްޕިޓަލް ނިމޭއިރު، އައިސޮލޭޝަން ފެސިލިޓީ އާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެކްސްރޭ އާއި އެމް.އާރު.އައި އާއި، މެމޮގްރަފީ، އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި މީގެއިތުރުން ޕްރޮޖެކްޓްގެ ތެރޭގައި ވޭސްޓް މެނެޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ގާއިމްކުރުންވެސް ހިމެނެއެވެ.
މިއީ 780 ދުވަސްތެރޭގައި ނިންމުމަށް 185.57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ހއ. ދިއްދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ ސަބަބުން މިހާރު ދެމުންދާ ހިދުމަތްތައް ފުޅާވެ ރައްޔިތުންނަށާއި އެ ރަށަށް ރިޔާރަތްކުރާ ފަތުރުވެރިންނަށް ޒަމާނީ އައު ހިދުމަތްތައް ލިބިގެންދާނެއެވެ.