ENGLISH

24 މާރިޗު 2026

Advertisement

ގ. ހިޔާރޯދިގޭގައި ރޯވުން: ތަޙުޤީޤަށް މީހަކު ހައްޔަރު ކޮށްފި

23 މާރިޗު 2026

|

އަޙުމަދު ޙަމީދު

ތުހުމަތު އޮތް ޒުވާނާ

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގާ ތަޙުޤީޤަށް މީހަކު ހައްޔަރު ކޮށްފި އެވެ.

އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު  އެވެ.

ފުލުހުން ބުނީ ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލ.މާބައިދޫ ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައި ކަމަަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު