ENGLISH

23 މާރިޗު 2026

Advertisement

ތިނަދޫއަށް އުފާވެރިކަން؛ 50 ހައުސިން ޔުނިޓާއި މަގު ހެދުމުގެ ތިންވަނަ ފިޔަވަހި ފަށައިފި

23 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ތިނަދޫގައި މިއަދު ފެށުނު ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، އެ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

މިއަދު ތިނަދޫ ސިޓީގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވަައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ ޑރ.އަބްދުﷲ މުއްތަލިބެވެ. 

މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ފަންސާސް މަގު ނުވަތަ 19.3 ކިލޯމީޓަރުގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން ބުނެފައިވެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް 1،440 ދުވަހުގެ ތެރޭގައި ނިންމާނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާ އެވެ. 

އޭގެ އިތުރަށް 50 ހައުސިން ޔުނިޓުގެ މަސައްކަތް މިނިސްޓަރު ފައްޓަވައިދެއްވިއިރު، މި މަޝްރޫއު ކުރިއަށްގެންދަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކަކީ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ. މި މަޝްރޫއު ނިންމަންޖެހެނީ 450 ދުވަހުންނެވެ. 

މި މަޝްރޫއުތަކުގެ އިތުރަށް ތިނަދޫގައި 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވައިލުމުން 1،022 މީހަކު އެ ޔުނިޓުތަކަށް ކުރިމަތިލިއެވެ. އެ އެޕްލިކޭޝަންތއް އެވެލުއޭޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެޕްލިކޭޝަންތައް އިވެލުއޭޓުކޮށް ނިމުމުން ހައުސިން ޔުނިޓުތައް ހައްގުވާ ފަރާތްތަކުގެ ލިސްޓު އާއްމުކުރާނެ ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު