ENGLISH

22 މާރިޗު 2026

Advertisement

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

22 މާރިޗު 2026

|

އަޙުމަދު ޙަމީދު

ކުރީން އަތުލައިގަތް މަސްތުވާތަކެތިތަކެއް --

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން މިއަދު ވަނީ އެ އޮޕަރޭޝަންގެ ތަފްސީލު ހާމަކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 20 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ފަސް ކިލޯއަށް ވުރެ ގިނަ ކެނަބިސް އާއި 6.5 ކިލޯގެ ހަޝިޝް އޮއިލް ވަނީ އަތުލައިގެންފަ އެވެ.

މިތަކެތީގެ މަގުމަތީ އަގު 9.6 މިލިއަނަށް ވުރެ އިތުރު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު