ENGLISH
22 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް ނުފެނޭ: ޣައްސާން
22 މާރިޗު 2026
|
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން --
އެންމެ މަޤްބޫލު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް މިވަގުތު ނެތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވީ މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާއި އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށާ އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް މިވަގުތު ނެތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," ވަޒީރު ޣައްސާން ވިދާޅުވި އެވެ.