ENGLISH
17 މާރިޗު 2026
ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް
17 މާރިޗު 2026
|
ދިއްގަރު ހައުސިން ޔުނިޓްގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މ. ދިއްގަރުގައި ސަރުކާރުން އަޅާ 75 ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަައް ކުރިޔަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ތެރެއިން ފައުންޑޭޝަން އެކްސްކަވޭޝަންގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމަށެވެ.
މ. ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
ދިއްގަރުގައި އަޅާ 75 ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1000 އަކަފޫޓުއެވެ. އަދި ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރިއާއި ފާހާނާ އަދި ސިޓިން ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ލޯންޑްރީއާއި ސްޓޯރޫމެއް ހުންނާނެއެވެ.
އެމްޑީސީސީއާއި މި މަސައްކަތް ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މަޝްރޫޢަށް ޖުމްލަ 117.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް، ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.