ENGLISH
13 މާރިޗު 2026
ރައީސް މުއިއްޒުގެ ލޭންޑު ޔޫސް ޕްލޭން އޮތީ އެމްޑީޕީގެ ހައުސިން މިނިސްޓްރީ ތެރޭގައި ހިފަހައްޓާފައި: ޝުޖާއު
13 މާރިޗު 2026
|
މެމްބަރު ޝުޖާއު ހުޅުމާލެ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު އެކުލަވާލި ލޭންޑު ޔޫސް ޕްލޭން އޮތީ އެމްޑީޕީގެ ވެރިކަމުގެ ހައުސިން މިނިސްޓްރީން ހިފަހައްޓާފައިކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މެމްބަރު ވިދާޅުވީ 11 އަހަރުގެ މާޒީއަކަށްފަހު މާލޭ ސިޓީގެ މޭޔަރަކަށް ރައީސް މުއިއްޒު ވަޑައިގެންނެވީ މެނިފެސްޓޯއަކާ އެކުގައި ކަމަށެވެ. އެމަނިކުފާނުގެ ޒައާމަތުގައި އެކުލަވާލެވުނު ލޭންޑް ޔޫސް ޕްލޭނަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެކުލަވާލެވުނު ޕްލޭނެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ގާނޫނުގައި އޮންނަނީ ހަމައެކަނި ރައްޔިތުންގެ ހިޔާލު ހޯދަން. އެކަމަކު ފުޅާ ކުރައްވައި ޖަމިއްޔާ ޖަމާއަތްތަކާއި ކުލަބުތަކާއި މާލޭގެ ކަމުވޮށިގެންވާ އިސްރައްވެހިންގެ ހިޔާލާއި މަޝްވަރާ އެމަނިކުފާނު ހޯއްދެވި. ކަންވެގެންދިޔައި ކިހިނެތްތޯ؟. އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓްރީން އޮތީ އެ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާފައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން. ކޮބާތޯ އިހުލާސްތެރިކަން. ގާނޫނުން ލާޒިމުކުރަނީ ތިން މަސްދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ފާސްކޮށްދެންވާނެއޭ. އެކަމަކު ތިން މަސް ހަމަވާން ކައިރިވީމަ ކޮންމެވެސް ބަހަނާއެއް ދައްކާފައި އަލުން ފޮނުވާލަނީ. " - ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
އެމްޑީޕީގެ ސަރުކާރުން އޭރު އަމަލުކުރީ ޣައިރު ޒިންމާދާރުގޮތެއްގައި ކަމަށް ވިދާޅުވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދުއްތުރާތަކާ ކުރިމަތިލާންޖެހުނުކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ހިންގަން ނިންމި ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކަށް އޭުގެ ސަރުކާރުން ހުރަސްއަޅާފައިވާކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މާލޭގެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ކޮންރެސް ޕާޓީއަށް ބޭނުންވާ ކަމަށެވެ.