ENGLISH
13 މާރިޗު 2026
މާލޭގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
13 މާރިޗު 2026
|
ފުލުހުން އެ ސަރަޙައްދު ބަންދުކޮށްފައި
އެންމެ މަޤްބޫލު
މާލޭގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ މާފަންނު، ދަކަންދާމަގު ގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް މިއަދު 13:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ތޯތާޕަރީ / ސ.ހުޅުދޫ ، މުޙައްމަދު ނިޒާރު 54އ އެވެ.
މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.