ENGLISH
13 މާރިޗު 2026
މަގުތައް މަރާމާތުކުރުން ހިމެނޭހެން ހުޅުމާލެ ދެކުނަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލުކުރަނީ
13 މާރިޗު 2026
|
704 ފްލެޓް ސަރަހައްދު. އެ ސަރަައްދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތް އާދިއްތަ ދުވަހު ފަށާނެ. ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
މަގުތައް މަރާމާތުކުރުން ހިމެނޭހެން ހުޅުމާލެ ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ފެށިގެންދާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ފާޑުވިދާޅުވެއްޖެ އެެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވާދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ މި މަސައްކަތް މިހާރު ހައުސިލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައި ވާކަމަށާއި އަންނަ އާދިއްތަ ދުވަހު މަސައްކަތް ފެށިގެންދާނޭކަމަށެވެ.
"އުފާވެރި ހަބަރެއް އެބަ އޮތް. އެއީ 704 ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މެއިންޓެނެންސް ކަންކަން އިންތިޒާމުކުރުމާއި ގޯޅިތައް އަނދިރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، ޕޭވްމަންޓު ގާތަށް ރިމޫވްކުރުމާއި، މިކަންކަން އެޗްޑީސީއާ ހަވާލުކުރެވިފައިވާނީ. އާދިއްތައިން ފެށިގެން މަސައްކަތް ފެށޭނެ. " - ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝުޖާއު ވިދާޅުވީ މި މަސައްކަތްތައް ކުރިއަށްދާނީ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ.
ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގ އަށް ހާއްސަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.