ENGLISH

01 މޭ 2026

Advertisement

އެމްޑީޕީގައި އައު ކޯޅުމެއް: ޗެއާޕާސަން އިންތިޚާބު ފަސްކުރަން އުޅޭތީ ބޮޑު ހައިޖާނެއް

01 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސް ނަޝީދު އަދި ރައީސް ސޯލިހް --

އެމްޑީޕީގެ ޗެއަރޕާާސަން އިންތިޚާބު ފަސްކުރަން ފެންނަ ކަމަށާ އިންތިޚާބު ބާއްވަން ފައިސާ ނެތް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވުމުން ރައީސް ނަޝީދުގެ ފެކްޝަނުން ރައީސް ސޯލިޙްގެ ފެކްޝަނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީ ބޮޑު ހައިޖާނެއް އުފެދިއްޖެ އެވެ.

އެމްޑީޕީގައި ދެ ފެކްޝަންގެ ކޯޅުން ބޮޑު މި ފަހުން އަބަދުވެސް އޮންނަނީ ބޮޑު ހައިޖާނެއް އުފެދިފަ އެވެ. ފަހަރަކު ކަމެކެވެ. މިރޭ އައު ކޯޅުމެއް ފެށުނީ އެމްޑީޕީގެ ޗެއަރޕާާސަން އިންތިޚާބު ފަސްކުރަން ފެންނަ ކަމަށާ އެ އިންތިޚާބު ބާއްވަން ރަނގަޅީ ރިޔާސީ ޕްރައިމަރީއަށް ފަހު ކަމަށް ޣަފޫރު ވިދާޅުވުމުންނެވެ.

އޭނާ ވިދާޅުވީ މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުގެ މަސައްކަތައް ހުރަސް ތަކެއް ކުރިމަތި ވާނެ ކަމަށެވެ. އަދި އިންތިޚާބެއް ބާއްވަން އެއްވެސް ފައިސާއެއް އެމްޑީޕީގައި ނެތް ކަމަށް ވިދާޅުވި އެވެ.

އެއާއެކު ނަޝީދުގެ ސަޕޯޓަރުން ވަނީ މިއީ އިންތިޚާބުން ރައީސް ސޯލިހްގެ ޓީމު ބަލިވާނެ ކަން އެނގޭތީ ރާވައިގެން ހިންގާ ކަމެއް ކަަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި ސޯލިހްގެ ޓީމުން އުޅެނީ މަސްހަލަތު ގެއްލުވާލަން ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯލިހްގެ ޓީމުން ވެސް ދަނީ ނަޝީދުގެ ފެކްޝަންގެ މެންބަރުންނަށް ރައްދު ދެމުންނެވެ. ނަޝީދުގެ ފެކްޝަނުން މިހާރު ވަނީ އިންތިޚާބު ބޭއްވުމަށް ފައިސާ ހޯދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު