ENGLISH

28 ފެބްރުއަރީ 2026

Advertisement

ހިޔާލު ތަފާތު، ސްޕީޑު ލަސްކުރާ ކައުންސިލަރުން ބޭނުމެއް ނޫން: ޝިޔާމް

28 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް. ފޮޓޯ؛ ޕީއެންސީ

ރައްޔިތުންގެ އެދޭ ތަރައްގީ ގެނައުމުގައި އެންމެ ދުވަހެއް ވެސް ލަސްކުރެވެން ނެތް ކަމަށާއި އަދި ސަރުކާރުގެ ތަރައްގީގެ ސްޕީޑު ލަސްކުރަން ފާޅުގައި މަސައްކަތްކުރާ ކައުންސިލަރުން މިއަދު ބޭނުން ނުވާކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސަރުކާރު ޖަވާބުދާރީކުރެވޭނީ އިދިކޮޅު ކައުންސިލަރުން ތިބެގެންކަމަށް ބުނެ އެ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ތަކުރާރުކޮށް ރައްދު ދެއްވާފަ އެވެ. އެގޮތުން ރައްޔިތުން ބޭނުންވަނީ ސަރުކާރުން އެ ރަށެއްގައި ފަށާފައި ހުރި ކަންކަން ހަލުއި މިނުގައި ކުރިއަށް ގެންދިއުމަށްކަމަށާއި އެކަންކަމަށް މަޑުޖެހުމެއް ނައިސް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާއާ އެކު އެމަނިކުފާނުގެ ތަސައްވުރު ގަބޫލުކުރާ ބަޔަކު ކައުންސިލުތަކަށް ހޮވައިގެންކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫންކަމަށާއި އެމޭރުމުން ރައްޔިތުންނަށް އެކަން ވިސްނައި ނުދިނުމަށް ޝިޔާމް ވަނީ އެމްޑީޕީއަށް ވެސް ގޮވާލައްވާފަ އެވެ. 

ކައުންސިލުތަކަކީ ސަރުކާރާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޮންނަ ފަށަލައެއް ކަމަށާއި، ކައުންސިލުތަކަކީ ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓުތައް ރަށްރަށުގައި ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައި އޮންނަ ތަނެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަރައްގީގެ ސަފުގައި ފަހަތުގައި ތިބިއިރު ރައްޔިތުން ބޭނުންވާ ތަރައްްގީ ގެނައުމުގައި ކޮންމެ ވަގުތެއް ބޭނުންވޭ. އެއް ދުވަސް ދެ ދުވަސް ނުވަތަ މަސްދުވަސް ލަސްވިޔަސް ދަތިވޭ އެބަ. ހިޔާލު ތަފާތުވެގެން އެންމެ ދުވަހެއްވެސް ލަސްކުރެވޭކަށް ނެތް. ކައުންސިލު ސިޓީއެއް ނުލިބެއޭ، މާދަމާ ތި ސިޓީއަށް ޖަވާބު ދޭނަމޭ. އެގޮތަށް ވިދާޅުވާ ކައުންސިލަރުންނެއް ބޭނުން ނޫން މިއަދު. އެހެންވެގެން ޕީއެންސީގެ ކައުންސިލަރުން ބޭނުންވަނީ. " - ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެނުއަލް ބަޖެޓަކުން އެންމެ ގިނަ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގުމަށް ތައްޔާރުވެފައިވަނީ މި އަހަރު ކަމަށެވެ.

އަދި މި ބަޖެޓުގައި ސަރުކާރުން ބޭނުންވާގޮތަށް ކުލަ ޖެހިގެންދާނީ ސަރުކާރާ އެއްކޮށް މަސައްކަތް ކުރާނޭ ބަޔަކު ހޮވައިގެންކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު