ENGLISH
28 ފެބްރުއަރީ 2026
މާފުށީ ޖަލުގެ ސެކިއުރިޓީ ހަރުދަނާކުރަން ގެނައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި
28 ފެބްރުއަރީ 2026
|
ވަޒީރު އިހުސާން ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވާދެއްވަނީ. ފޮޓޯ؛މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
އެންމެ މަޤްބޫލު
ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.
މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވާދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ބޮޑީ ސްކޭނަރަކީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޖަލުގައި ބެހެއްޓުނު އެންމެ ފަހުގެ ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ. މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިންކަން ފާހަގަކޮށް ސަރުކާރުންމި މެޝިން ފޯރުކޮށްދިނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައި ވެއެވެ.
މުޅީން އަލަށް މާފުށީ ޖަލުގައި ބެހެއްޓި ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ވަޒީރު ފައްޓަވާދެއްވުން. ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މާފުށީ ޖަލަށް ގެންދެވިފައިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމަށާއި އަދި މީގެ ސަބަބުން ޖަލުން ސްކޭމް ކޯލުތައް ކުރުމުގެ އަމަލުތަކަށް ވެސް ނިމުން އަންނާނެކަމުގެ ޔަގީންކަން ދާހީލީ ވަޒީރު އަލީ އިހުސާނު ވަނީ ދެއްވާފަ އެވެ.