ENGLISH

28 ފެބްރުއަރީ 2026

Advertisement

ފޯޅަވަހި ހޯދުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޕީއެންސީން ތައްޔާރު: ޝުޖާއު

28 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ފޯޅަވަހީގެ ރަށްތައް. ފޮޓޯ؛ ސޯޝަލް މީޑިއާ

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރައްހައްދާއި ފޯޅަވަހި ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކޮންގްރެސް ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

ޝުޖާއު މިފަދައިން ވިދާޅުވިއިރު  ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައި އިތުރުވެ، އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ފަރާތުން ރާއްޖެއަށް ތާއީދު ލިބެން ފެށުމާއެކު މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ވަނީ ކަނޑާލާފަ އެވެ. 

ޝުޖާއު ވިދާޅުވީ 22 އޮގަސްޓު 2022 ގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުވި ސިޓީ އަކުން ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބަޔާއި ފޯޅަވަހި ހޯދުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި ކުރިމަތި ވެވަޑައިގަންނަވާ ކޮންމެ ގޮންޖެހުމަކަށް ރައީސާއެކު ކުރިމަތިލުމަށް ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އޮތީ ސާބިތުކަމާ އެކުގައިކަމަށެވެ.

"އަޅުގަނޑުމެންނަށް އިސްވާނީ މިޤައުމު. ދިވެހިރާއްޖެ.  " - ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭގޮތަށް، ޤާނޫނުގައި މިހާރުވެސް ކަނޑައަޅައިފައިވާ ސަރަހައްދު ކަމަށް ނިންމައި، އެކަން ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.

އަދި ރައީސް ވަނީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ގުޅުންތައް ފާހަގަކުރައްވައި އެ ސަރަހައްދުގެ މައްޗަށް ރާއްޖެއަށް ސިޔާދީ ހައްގު އޮތްކަމަށް ދިވެހި ސަރުކާރުން ދެކޭކަން އިނގިރޭސި ސަރުކާރަށް އަންގަވާފަ އެވެ. 

މި ސަބަބާ ހުރެ މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަކީ ސަރުކާރުން ފޯޅަވަހި ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ސީރިއަސް މަސައްކަތެއްކަން އެ ގައުމުން ގަބޫލުކޮށްފަައިވާކަމަށް ދަލީލުކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު