ENGLISH
18 ފެބްރުއަރީ 2026
އިޙްޔާ ފޯރަމްތައް މާދަމާ ރޭ ފަށަނީ، ފުރަތަމަ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ވަޒީރު ޝަހީމް
18 ފެބްރުއަރީ 2026
|
އިޙްޔާ ފޯރަމް ހުށައަޅުއްވާ ޢިލްމުވެރީން --
އެންމެ މަޤްބޫލު
މި އަހަރުގެ ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތައް މާދަމާ ރޭ ފެށުމަށް ހަމަޖައްސައިފި އެވެ.
މާލެ ސަރަޙައްދުގައި އިޙްޔާ ފޯރަމްތައް ބާއްވަނީ ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގެ ރެ އެވެ. މި އަހަރުވެސް މާލެ ސަރަޙައްދުގައި ޖުމްލަ 8 ޕްރަގްރާމް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
މާދަމާ ރޭ އޮންނަ ފޯރަމްގައި ތަގްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މައުލޫއަކީ ރަމަޟާން މަހުގެ މަތިވެރި ކަމެވެ.
މީގެ އިތުރުން ރޯދަ މަސް ނިމެންދެން ކޮންމެ ހަފްތާއަކު ދެ ރޭ އިހްޔާ ފޯރަމްތައް އޮންނާނެ އެވެ. އެ ފޯރަމްތަކުގައި މި ފަހަރު ތަޤްރީރު ކުރައްވަނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. ސައުދުالله އަލީ އާއި އަައްޝައިހް މުހައްމަދު ލަތީފް އާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އާއި ޑރ. އަނާރާ ނައީމް އަދި އައްޝައިހް އަހްމަދު ސަމީރު އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އަހަރު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލް ކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތް ކުރުމަށްފަހުގަ އެވެ.
އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.