ENGLISH

18 ފެބްރުއަރީ 2026

Advertisement

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ބޮޑެތި މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމައިފި

18 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ބޮޑެތި މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ވަނީ ނިންމާފައި --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރަޙައްދުގައި ހުރި ބޮޑެތި މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާ ބޭނުންކުރަން ފަށައިފި އެވެ.

މި އަހަރު އިއްޔެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ, މައި ހޯލާއި އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ބައި ރޯދަ މަސް ފެށުމުގެ ކުރީން އޭސީކޮށް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގަައި ރަައީސްގެ ވަަޢުދުފުޅާއި އެއްގޮތަށް މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ފެށްޓެވި މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީކޮށް ނިންމާ ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށާފައި ކަމަށެވެ.

އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތާއި ޖަލާލުއްދީން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތާއި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ.

މިއީ މިސްކިތުގެ މައި ހޯލުގައި އެއް ފަހަރާ އަށެއްކަ ސަތޭކަ މީހުންނަށް ނަމާދު ކުރެވޭ ޖާގަ ތަނަވަސް ބޮޑެތި މިސްކިތްތަކެވެ. މި މިސްކިތްތަކުގެ މައި ހޯލާއި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްސަ ބައި އޭސީ ކުރުމަކީ ނަމާދުގެ ޖަމާއަތަށްދާ މީހުންގެ ވަރަށް ބޮޑު އެދުމެކެވެ.

ޚާއްސަކޮށް ރޯދަ މަހަކީ ވަރަށް ގިނަ ވަގުތު އަޅުކަމުގައި މިސްކިތުގައި ހޭދަކުރާ މަހަކަށް ވާތީ ރޯދައިގެ ކުރީން މި މިސްކިތްތައް އޭސީ ކުރުމަކީ އެ މީހުން އެދެމުން ދިޔަ ކަމެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިސްކިތްތައް ބެލެހެއްޓުމާއި މާރަމާތު ކުރުމާއި މިސްކިތްތައް ބިނާކުރުމަށް ވަރަށް ޚާއްސަ ސަމާލު ކަމެއް ދެއްވަމުން ގެންދަވަ އެވެ. ޚާއްސަކޮށް ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢުއެއް ދަނީ ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު