ENGLISH
20 ޖެނުއަރީ 2026
އައްޝައިޚް އަބްދުލްއަޒީޒް ހުސައިނަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ
20 ޖެނުއަރީ 2026
|
އަބްދުލްއަޒީޒް ހުސައިން
ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަބްދުލްއަޒީޒް ހުސައިނަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފަށައިފި އެވެ.
އެކަން އާއިލާއިން ވަނީ އެމްއެމްޓީވީއަށް ޔަގީންކޮށް ދީފަ އެވެ. ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދިޔަނަމަވެސް ޝެއިޚްގެ ޙާލުކޮޅާއި ގުޅޭ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
ޝެއިޚް އަޒީއަކީ ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލު ޢިލްމުވެރި އެކެވެ.
ޝެއިޚަށް ސްޓްރޯކެއް ޖެހުމާއި ގުޅިގެން ދީނީ އިލްމުވެރީންނާއި ވަރަށް ގިނަ އާންމުން ދަނީ ހެޔޮ އެދުމުގެ ޝުޢޫރުތައް ފާޅު ކުރަމުންނެވެ.