ENGLISH

20 ޖެނުއަރީ 2026

Advertisement

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ 98 އިންސައްތަ ނިމިއްޖެ

20 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ހުޅުމާލޭ ތިންވަނަ ފިޔަވައްސަށް ހިއްކަމުންދާ ސަރަހައްދު، ފޮޓޯ: އެމްއޭސީއެލް

އެމްޑީޕީގެ ނިމުނު ވެރިކަމުގައި ހުޅުމާލޭ ފަޅު ތެރެއިން ދޫކުރި ގޯތިތައް ދިނުމަށްޓަކައި ހިއްކަންޖެހޭ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏަކުން ކުރަމުންދާ މަސައްކަތުގެ އަދާހަމަ މައުލޫމާތު އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަަހިން ހިއްކަނީ 63 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލްއިން އެންމެ ފަހުން ހާމަކުރި ގޮތުގައި މިހާރު ވަނީ 62 އިންސައްތަ ހިއްކައި ނިމިފައެވެ.  އެއީ ހިއްކަންޖެހޭ ސަރަހައްދުގެ 98 އިންސައްތައެވެ. 

މި ބިން ހިއްކުމުގެ މަސައްކަތްކުރަމުންދަނީ 22،000 ކިއުބިކް މީޓަރުގެ ދެ ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އާއި އޮރެންޖް ބޭނުންކޮށްގެންނެވެ. ދެ ޑްރެޖަރު ގެނައުމާއެކު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލިވަނީ ވަރަށް ބޮޑަށް ހަލުއިވެފައެވެ. 

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރަށް ގުޅިފަޅާއި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމުމުން ގިރާވަރުފަޅުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ. 

ރައީސުލްްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތި ދޫކޮށްފައިވާ ތަންތަނުން އެ ރައްޔިތުންނަށް ހޯދައިދެއްވުމުގެ މަސައްކަތްކުރެއްވުމާއެކު، މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ރަސްމާލެ ތަރައްގީކުރައްވައި، ފުރަތަމަ މަރުހަލާގައި 15،000 ގޯތި ދޫކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު