ENGLISH

17 ޖެނުއަރީ 2026

Advertisement

އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމުކޮށްފި

17 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އިންތިޚާބާއި ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ މިހާރުވަނީ ޤާއިމުކޮށްފައި//

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އިންތިޚާބާ ބެހޭ މަރުކަޒުގައި ޤާއިމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބުތަކާ ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް އެކަށައެޅުންކަމަށެވެ.

ޝަކުވާ ފޯމު ބަލައިގަންނާނީ ބިއުރޯގެ އީމެއިލް އަދި  ކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަނުގެ ވެބްސައިޓު، އިންތިޚާބާބެހޭ މަރުކަޒު އަދި މިކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ސިޓީތާކާއި އަތޮޅުތަކާއި ރަށްތައް އަދި އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ. 

އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ކޮމިޗަނުގެ ކައުންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށެވެ. 

އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާ 4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ ވޯޓުލުން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރަންދެން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު