ENGLISH

14 ޖެނުއަރީ 2026

Advertisement

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތަކީ ޕީއެންސީ މެމްބަރުންނާއެކު ރައީސް މުއިއްޒު ފެއްޓެވި މަސައްކަތެއް: ނަރީޝް

14 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް

ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތެއްކަމަށް އެއިރު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެެއެވެ.

ނަރީޝް މިފަދައިން ވިދާޅުވިއިރު ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ކުރީ މިހާރުގެ މޭޔަރުކަމަށް ދޭހަވާފަދަ މޭރުމަކުން އިދިކޮޅު ފަރާތްތަކުން އަންނީ ވާހަކަ ފަތުރަމުންނެވެ. 

މިކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ ކައުންސިލަރުން ފާސްކުރި ތަސައްވުރުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު މަސައްކަތް ފެށިގެންދިޔަ ކަމެއް ކަމަށެވެ. 

""މިއަދު ކައުންސިލުގައި ތިއްބެވި ކައުންސިލަރުންނާއި ވެރިން މިކަން ނިންމައި ގަލޮޅު ރައްޔިތުންނަށް ހިދުމަތް  ލިބިގެން ދިޔުމަކީ ލިބޭ ޙާއްސަ އުފަލެއް. މާލެސިޓީ ތަރައްޤީ އަށް ނިންމައި އިމްޕްލިމެންޓްކުރާ ކޮންމެ ކަމަކީ އަދި ހޭދަކުރަން ނިންމާ ކޮންމެ ފައިސާގެ އަދަދަކީ ކައުންސިލަށް ހުށައަޅައި ކައުންސިލްގެ އަޣުލަބިއްޔަތު ވޯޓުން ނިންމާކަންކަން."" - މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް

ޕޯސްޓު ނިންމަވަައިލައްވަމުން މިހާރުވެސް މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީއަކީ ރައީސް މުއިއްޒުގެ ތަސައްވުރު ދިރުވާ  ޕީއެންސީގެ މެމްބަރުންކަން ނަރީޝް ފާހަގަކުރެއްވިއެވެ. 

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ފެށީ ޕީއެންސީގެ މެމްބަރުންނާއެކު ރައީސް މުއިއްޒުކަމަށް ނަރީޝް ވިދާޅުވި އިރު ރަނގަޅަށް ބޭނުން ނުކުރެވި އޮތް ސިޓީ ޕާކުގައި އައު ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި ރައްޔިތުންގެ ޚިޔާލު މިކަމަށް ހޯދުމަށް މޭޔަރުކަމުގައި އޭރު ހުންނެވި މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާއެކު ދެ ބައްދަލުވުމެއް ބޭއްވެވިއެވެ. 

މި ބައްދަލުވުންތަކުން ރައްޔިތުންގެ މަޝްވަރާ ހޯއްދަވައި ސިޓީ ޕާކުގެ ކުރެހުން އެކުލަވާލީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.

އަލަށް ހުޅުވުނު މި ސިޓީ ޕާކަކީ ތަފާތު ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. 

ގަލޮޅު ސިޓީ ޕާކު ހުޅުވިގެންދިޔައީ ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި،އެކި އުމުރުފުރައިގެ މީހުންނަށް ކަސްރަތު ކުރެވޭނެ ސަރަހައްދަކާއި،ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޖާގައިގެ އިތުރަށް ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދަކާއި އެކި ކަހަލަ އިވެންޓުތައް ބޭއްވޭނެ ޖާގައާއެކުގައެވެ. 

މިއީ ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ ޕާކެކެވެ.

ކިޔުންތެރިންގެ ހިޔާލު