ENGLISH

14 ޖެނުއަރީ 2026

Advertisement

ބުރުނީ ބަނދަރުގައި ކޮންކްރީޓް ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް

14 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ތ.ބުރުނީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުގައި ކޮންކްރީޓް ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 20،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ހަބާރ ބޭސިން ފުންކުރުން
  • 9800 ކިއުބިކް މީޓަރުގެ ސަރަޙަައްދެއްގެ ފަޅު އަލުން ފުންކުރުން
  • 8400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
  • 2578 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން

ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއު ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 54.34 މިލިއަން ރުފިޔާއަށެވެ.

ބުރުނީގެ މިހާރުގެ ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި އެބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން އެރަށަށް އަރާ ފައިބާ މީހުންގެ އިތުރުން، އެރަށުގެ މަސްވެރިންނާއި އެރަށަށް އަންނަ އިތުރު މަސްވެރި ދޯނިފަހަރު އެޅުމަށް ދަތިތަކަކާ ވަނީ ކުރިމަތިވެފަ އެވެ. 

ބުރުނީ ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، އެރަށުގެ ބަނދަރަށް ބޭނުންވާ ޖާގަ ލިބި، ފަޅު ފުންކުރުމުގެ ސަބަބުން މުދާ ބޭލުމާއި ލަފާ ފުރުމަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު