ENGLISH

14 ޖެނުއަރީ 2026

Advertisement

މި މަހު މަސްވެރިންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

14 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ދިވެހި މަސްވެރިންތަކެއް މަސްވެރިކަންކުރުމުގައި. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މި ޖަނަވަރީ މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯ އިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ.

އެގޮތުން، މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 12 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 1،258،206.46ރ. (އެއް މިލިއަން ދެލައްކަ ފަންސާސް އަށްހާސް ދުއިސައްތަ ހަ ރުފިޔާ، ސާޅީސް ހަލާރި) އެވެ.

މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް 13،894،957.56ރ. (ތޭރަ މިލިއަން އަށްލައްކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ ފަންސާސް ހަތް ރުފިޔާ، ފަންސާސް ހަ ލާރި) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.

މި މަހު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލު:

1 ޖަނަވަރީ:  1.6 މިލިއަން ރުފިޔާ

3 ޖަނަވަރީ: 1.5 މިލިއަން ރުފިޔާ

5 ޖަނަވަރީ: 2.1 މިލިއަން ރުފިޔާ

6 ޖަނަވަރީ: 1.4 މިލިއަން ރުފިޔާ

7 ޖަނަވަރީ: 1.3 މިލިއަން ރުފިޔާ

8 ޖަނަވަރީ: 917،492.49 ރުފިޔާ

9 ޖަނަވަރީ: 1.2 މިލިއަން ރުފިޔާ

12 ޖަނަވަރީ: 1.2 މިލިއަން ރުފިޔާ

13 ޖަނަވަރީ: 949،237.32 ރުފިޔާ

14 ޖަނަވަރީ: 1.2 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު