ENGLISH
14 ޖެނުއަރީ 2026
ބަންގްލަދޭޝްގެ ނިންމުން ބަދަލުކޮށްފި؛ އޮން-އެރައިވަލް ވިސާއާ މެދު މިހާރު ކަންބޮޑުވާކަށް ނުޖެހޭނެ
14 ޖެނުއަރީ 2026
|
ޚާރިޖީ ވުޒާރާ. --ފޮޓޯ: މިހާރު
ބަންގްލަދޭޝް އިން އޮން-އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކޮށްފިއެވެ.
ޚާރިޖީ ވުޒާރާ އިން ބުނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވަގުތީ ގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން މީގެކުރިން ނިންމާފައިވީ ނަމަވެސް، އެނިންމުން އަނބުރާ ގެންދަން، ބަންގްލަދޭޝްގެ ސަރުކާރުން މިހާރު ނިންމަވާފައިވާ ކަމަށެވެ.
އެހެންކަމުން، ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ވިސާއާ ގުޅޭ އިތުރު މަޢުލޫމާތާއި އެހީތެރިކަން ހޯދުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަށް ގުޅުމަށް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ. ބަންގްލަދޭޝް ހައިކޮމިޝަން ހުންނަނީ ހުޅުމާލޭގެ ނިރޮޅުމަގު 16 ނަންބަރު ގޯޅި، ޕްލޮޓް 10982 ގައެވެ. ވިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޚާރިޖީ ވުޒާރާއިން އެދިފައިވެއެވެ.