ENGLISH

14 ޖެނުއަރީ 2026

Advertisement

ޢުލޫމުލް ޤުރުއާނުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައި، މޮޅު ދަރިވަރުންނަށް އިނާމު ދީފި

14 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ޢުލޫމުލް ޤުރުއާން ކުލާހުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޢުލޫމުލް ޤުރުއާން

މާލޭ ސަރަޙައްދުގައި ޤުރުއާނުގެ އިލްމު ފުޅާ ދާއިރާއެއްގައި އުނގަންނައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޢުލޫމުލް ޤުރުއާންގެ އަހަރީ އިނާމު ދިނުމުގެ ހަފްލާ ބާއްވައި، މޮޅު ދަރިވަރުންނަށް އެވޯޑު ދީފި އެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ޤުރުއާން ކްލާސްތައް ހިންގަމުން އަންނަ ޢުލޫމުލް ޤުރުއާނުން އެ ހިދުމަތް ދެމުން އަންނަތާ 12 އަހަރުވެފައިވާއިރު، އެކި ގޮތްގޮތުން އަހަރުގެ މޮޅު ދަރިވަރުން ހޮވައި އިނާމު ދިނުމަކީ ކޮންމެ އަހަރަކުވެސް އެ ކްލާހުން ކުރަމުން އަންނަ ކަމެއް ކަމަށް އެ ކްލާހުގެ ވެރިފާތްކަމަށްވާ އައިޝަތު ޝާފިޢާ ވަނީ ބުނެފަ އެވެ.

ޢުލޫމުލް ޤުރުއާން ކުލާހުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޢުލޫމުލް ޤުރުއާން 

މިގޮތުން ކޮންމެ އަހަރަކު ދަރިވަރުންނަށް ހާއްސަކޮށް ދެމުން އަންނަ އެވޯޑުތަކުގެ ތެރޭގައި ޚަތިމް ނިންމާ އެވޯޑާއި، ޤުރުއާން ހިތުދަސްކުރާ ކުދިންނަށްދޭ ހާއްސަ އެވޯޑުގެ އިތުރުން ކޮންމެ ކްލާހަކުން ހޮވާލެވޭ އެންމެ މޮޅު ދަރިވަރަށް ދެވޭ އެވޯޑު ފާހަގަކޮށްލެވެ އެވެ.

މި ކްލާހުން އިންތިޒާމްކޮށްގެން ބާއްވާ "ޢުލޫމުލް ޤުރުއާން"  މުބާރާތުގައި ވަނަ ވަނަ އަށް އައިސްފައިވާ ދަރިވަރުންނަށްވެސް މި ހަފްލާގައި ވަނީ އިނާމު ދީފައެވެ. މި މުބާރާތުގައި 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުގައި ވާދަކޮށްފަ އެވެ. އެގޮތުން މި މުބާރާތުގެ ކޮންެމެ އުރުރުފުރާއަކުން ބަލައިގެންނާއި ނުބަލާ ކިޔެވުމުގެ ގޮފިން އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިން އިރު، މުޅި މުބާރަތުން އެންމެ މޮޅު ތިން ދަރިވަރުންނަށްވެސް ވަނީ ޓްރޮފީއާއި އިނާމު ދީފަ އެވެ.

މުޅި މުބާރާތުން ތިންވަނަ ނުހްޔާ ޢަބްދުﷲ ޖަލާލް ހާސިލްކޮށްފައިވާއިރު، ދެވަނަ ހާސިލްކޮށްފައިވަނީ ޒާޔާ މުޙައްމަދު ޢުމަރު އެވެ. މުޅި މުބާރަތުން އެއްވަނަ ހާސިލްކޮށްފައިވަނީ ފާޠިމަތު ނާހީ އެެވެ.

ޢުލޫމުލް ޤުރުއާން ކުލާހުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޢުލޫމުލް ޤުރުއާން 

ޤުރުއާން ކުލާހުގެ ވެރި ފަރާތުން ބުނީ، އެ ކްލާހުގައި ކިޔަވައިދެއްވާ މުދައްރިސުންގެ ފެންވަރު ރަނގަޅުކޮށް ، ހިތްވަރު ދިނުމުގެ ގޮތުން މުދައްރިސުންނަށް ޚާއްސަ އެވޯޑުތަކެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ހާޒިރީއަށް ފަރުވާތެރި މުދައްރިސާއި، ގިނަ މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި މުދައްރިސުންގެ އަގުވަޒަންކޮށް އެވޯޑް ދީފައިވާކަމަށެވެ. ޤުރުއާން ކްލާހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި އެވޯޑް ހާސިލްކޮށްފައިވަނީ، އަލްފާޟިލާ އާއިޝަތު ޒިޔާމާ އެވެ. ހާޒިރީއަށް ފަރުވާތެރިވުމުގެ އަގު ވަޒަންކޮށް، ހަ މުދައްރިއްސަކަށް މި ހަފްލާގައި ވަނީ އެވޯޑް ދީފަ އެވެ.

ޢުލޫމުލް ޤުރުއާން ކުލާހުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޢުލޫމުލް ޤުރުއާން 

އުލޫމުލް ޤުރުއާން ކްލާސް ހިންގަމުން އަންނަނީ 18 އަހަރުން ދަށުގެ ކުދިންނަަށް އަމާޒު ކޮށްގެންނެވެ. މި ކްލާސްތަކުގައި ދަރިވަރުން ބައިވެރިކުރަން އެދޭ ފަރާތްތަކުން 9940142 ނަންބަރު ފޯނަށް ގުޅުމުން، ނުވަތަ މެސެޖްކޮށްގެން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު