ENGLISH
05 ޖެނުއަރީ 2026
ދުނިޔޭގެ ބްރެއިލް ދުވަސް: ރައީސް ދެއްވީ ސިޔާސަތުތައް ބައްޓަންކުރުމުގައި އެންމެން ހިމަނުއްވާނެކަމުގެ ޔަގީންކަން
04 ޖެނުއަރީ 2026
|
ބްރެއިލް ކޯޑު
އޯގާތެރިކަމާއިއެކު އަދި މުޖުތަމައުގެ ހުރިހާ އެންމެން ހިމެނޭހެން ސިޔާސަތުތައް ބައްޓަންކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދުވަހު އަޅުގަންޑުމެން ފާހަގަކުރަނީ ބްރެއިލް ނިޒާމުގެ ސަބަބުން ލޯފަން މީހުންނަށް ލިބިދޭ ބާރު ކަމަށެވެ.
މީގެ ސަބަބުން ލޯފަން މީހުންނަށް އުނގެނުމުގެ ފުރުސަތާއި، މިނިވަންކަމާއި ކަރާމާތްތެރިކަމާއެކު މުޖުތަމައުގައި އުޅުމަށް ފަސޭހަވެގެންދާކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މުޖުތަމައެއް އިންކްލޫސިވް މުޖުތަމައަކަށް ވަނީ، މުޖުތަމައުގެ އެންމެންނަށްވެސް ލިބެންޖެހޭ މިފަދަ ހައްގުތަށް އެއްވެސް އުނދަގުލެއްނެތި ލިބޭކަމުގައިވާނަމަ ކަމަށެވެ.
އެހެންކަމުން ރައީސް ވަނީ ސިޔާސަތުތައް ބައްޓަންކުރުމުގައި މުޖުތަމައުގެ އެންމެން ހިމެނޭހެން އޯގާތެރިކަމާ އެކު ސިޔާސަތުތައް ބައްޓަންކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޚިދުމަތްތައް ހޯދުމުގައި އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީގޮތުން ބްރެއިލް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ 4 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޓެކްޓައިލް ރީޑިންގ އެންޑް ރައިޓިންގ ނިޒާމު އީޖާދުކުރި ލޫއީ ބްރެއިލްގެ އަގު ވަޒަންކޮށް، ފެނުމުގެ ނިޒާމުގައި ދަތިކަން ހުންނަ މީހުންނަށް އިންސާނީ ހައްގުތައް ފުރިހަމައަށް ހާސިލްކުރުމާއި، ތައުލީމާއި، މިނިވަންކަމާއި، އެމީހުން މުޖުތަމައުގައި ހިމެނުން އިތުރުކުރުގައި މި ނިޒާމު އަދާކުރާ މުހިންމު ދައުރާ މެދު ހޭލުންތެރިކުރުވުމަށެވެ.