ENGLISH
05 ޖެނުއަރީ 2026
އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއް
04 ޖެނުއަރީ 2026
|
އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއް ޤާއިމުކުރުން --
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި އެންއައިސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސް، ޝުއައިބު އަބްދުއްރަހްމާނެވެ.
ދިރާސާކުރުމަށް ޚާއްސަކުރެވިގެން ސޮއިކުރެވޭ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޢިލްމީ ހެކިތެކުގެ ޢަލީގައި ޢަމަލީގޮތުން މަސައްކަތްތައް ކުރުމާއެކު، މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދާއިރާއާއި ގުޅޭ މަޢޫލޫމާތު މުއްސަނދިކުރުން ކަމަށް އެމްއެންޔޫއިން ބުނެ އެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން، ތަފާތު ރިސަރޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިންގ، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުޞަތުތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަތައް އިތުރު ވެގެންދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ދެކެ އެވެ. އަދި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.