ENGLISH

07 ޖެނުއަރީ 2026

Advertisement

ހެންވޭރުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކުގެ މަސައްކަތް މި މަހު ފަށަނީ: ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

05 ޖެނުއަރީ 2026

|

މަރިޔަމް ލީމް

މާފަންނުގައި ހުޅުވި ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު

ހެންވޭރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކް (ޖީޕީ ކްލިނިކް) ގެ މަސައްކަތް މި މަސް ތެރޭގައި ފެށުމަށް ނިންމައިފިކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ދައުލަތުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ހެންވޭރުގައި ތަރައްޤީ ކުރަމުންދާ ޖީޕީ ކްލިނިކުގެ މަސައްކަތްތައް ފެށުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އަމާން އުދަރެސްގައި މިހާރު ޤާއިމްކުރަމުންދާ ކުލިނުކުގެ މަސައްކަތްތައް ވެސް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ގާއިމުކުރާއިރު، ހުޅުމާލެ ހިމެނޭހެން ޖުމްލަ ހަ ކްލިނިކު ގާއިމުކުރުމަށް މި ސަރުކާރުން ނިންމާފައިވެއެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކްލިނިކް ޤާއިމްކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އާންމު ބަލިތަކަށް ޚާއްސަ ކޮށްގެން މާލޭގެ 4 ސަރަހައްދެއްގައި 4 ޖީޕީ ކްލިނިކް ތަރައްޤީ ކުރުމަށް މަސައްކަތްތަކެއއް ކުރުމާއެކު، ހުޅުމާލޭގައި 2 ކްލިނިކެއް ޤާއިމްކުރުމަށް ތައްޔާރުވަމުންދެއެވެ.

މާފަންނުގައި ތަރައްޤީކޮށްފައިވާ ކްލިނިކުގެ ޚިދުމަތްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާންމުނަށް ދޭން ފަށާފައިވެއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ތަރައްޤީ ކުރާ ޖީޕީ ކްލިނިކުގެ މަސައްކަތްތައް ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަމާން އުދަރެސްގައި ތަރައްޤީ ކުރުމަށް ހަވާލުކޮށްފައެވެ.

ރާއްޖޭގައި ޤާއިމްކުރެވޭ ޖީޕީ ކްލިނިކްތަކުގެ އެހީގައި ޕްރައިމަރީ އާބަން ހެލްތު ކެއަރ ކްލިނިކުގައި އިތުރު ޙިދުމަތްތައް ދެވޭނެއެވެ. މީގެތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ގްރޯތު މޮނިޓަރިންގެ މަސައްކަތްތަކާއި، ވެލްނަސް ކްލިނިކް، ކައުންސެލިންގެ ޚިދުމަތް އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

އަދި ހަމައެހެންމެ ކްލިނިކުތަކުގައި ގިނަ ވަގުތު ކިއުގައި ޖެހިގެން، މަޑުނުކޮށް އަވަސް ފަރުވާ ލިބިގަތުމުގެ އިތުރުން،  އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ޙާލަތްތަކުގެ ހޮސްޕިޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ ފަސޭހަ ނިޒާމެއްވެސް ޤާއިމުވެފައި ހުންނާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު