ENGLISH

05 ޖެނުއަރީ 2026

Advertisement

ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

04 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުން --

ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ ރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފަ އެވެ.

މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. ރަށުގެ އިސް ވެރީންނާއި އާންމުން ބައިވެރިވި މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢު ނިންމެވުމަކީ އަމާޒެއް ކަމުގައި ވިދާޅުވެފަަ އެވެ.

ނަޑެއްލާ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމުން އޮޑި ދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށާއި ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ވެެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު