ENGLISH

04 ޖެނުއަރީ 2026

Advertisement

ނިމުނު އަހަރުގެ ތިން ކުއާޓާއިން އެމްޓީސީސީއަށް 41.3 މިލިއަން ރުފިޔާގެ ފައިދާއެއް

03 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

އެމްޓީސީސީއަށް 2025 ގެ ފުރަތަމަ ތިން ކުއާޓާގައި 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު

ފާއިތުވި 2025 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި އެމްޓީސީސީއަށް 41.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ. 

ކޮންމެ ކުއާޓާއެއް ނިމުމުން އާއްމުކުރާ ކުއާޓާލީ ރިޕޯޓުން ފެންނަ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 418.4 މިލިއަން ރުފިޔާ، އަދި ދެވަނަ ކުއާޓާގަައި 490.3 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓާގައި 501.1 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ. އެހެންކަމުން އަހަރުގެ ފުރަތަމަ ތިން ކުއާޓާއިން އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބުނެވެ. 

މި މުއްދަތުގައި ކުންފުނި ހިންގުމަށާއި ވިޔަފާރި ކުރުމަށް ހިނގި ހަރަދު އާމްދަނީން އުނިކުރުމަށްފަހު، އެ ކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 78.9 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކުހުގެ ގޮތުގައި އެކުންފުނިންވަނީ 7.2 މިލއިަން ރުފިޔާ ދައްކާފައެވެ. 

ޓެކުސް އަދި ފައިނޭންސްގެ ހަރަދުތަކަށް ހިނގި 55.7 މިލިއަން ރުފިޔާ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓުން އުނިކުރުމުން ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 41.3 މިލިއަން ރުފިޔާއެވެ. އެއީ ދެވަނަ ކުއާޓާގއި ލިބުނު 27.9 މިލިއަން ރުފިޔާއާއި 13.3 މިލިއަން ރުފިޔާއެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް 19.6 މިލިއަން ރުފިޔާގެ ގެއްލުމެއްވީ ނަމަަވެސް ޖެހިގެން އައި ދެ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ކުންފުނީގެ ފައިސާ އިތުރުކޮށްފައިވެއެވެ. 

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ ކުންފުންޏެވެ. ހާއްސަކޮށް ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތައް އެންމެ ގިނައިން ކުރިއަށްގެންދަނީ އެ ކުންފުނިންނެވެ. 

ކިޔުންތެރިންގެ ހިޔާލު