ENGLISH

28 ޑިސެމްބަރު 2025

Advertisement

ރަޝިޔާގެ ގައުމީ އެއާލައިނަށް ޓާމިނަލް އެކަކުން ހިދުމަތް ދޭން ފަށައިފި

28 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވީއައިއޭ ޓާމިނަލް އެކަކުން އޭރޯފްލޮޓްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އިން ރަޝިޔާގެ ގައުމީ އެއާލައިން، އޭރޯފްލޮޓަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން އޭރޯފްލޮޓްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ހުސެއިން ފަހުމީ އެވެ. 

ވީއައިއޭ ޓާމިނަލް އެކަކުން އޭރޯފްލޮޓްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އޭރޯފްލޮޓްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް މެނޭޖަރު އެވްގެނީ ރަޓުޝްނީ އާއި ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް އައްޔަންކުރައްވާފައި ހުންނަވާ ކޮންސުލް ޖެނެރަލް އެލެކްސީ އެމް އިޑަމްކިން އިތުރުން އޭރޯފްލޮޓްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި އޭރޯފްލޮޓްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފަ އެެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އޭރޯފްލޮޓް ފުރަތަމަ ފްލައިޓް، SU-320 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ވީއައިއޭ ޓާމިނަލް އެކަކުން އޭރޯފްލޮޓްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

އޭރޯފްލޮޓް އަކީ ރަޝިއާގެ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ އޮގަސްޓް 4، 1994ގަ އެވެ.

އޭރޯފްލޮޓްއާ އެކު ޓާމިނަލް 1 އިން މިހާރު ދަނީ 39 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު