ENGLISH
27 ޑިސެމްބަރު 2025
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
27 ޑިސެމްބަރު 2025
|
ރައީސްގެ ދެމަރިކަނބަލުން، ފޮޓޯ: ރައީސް އޮފީސް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ފުރާވަޑައިގަތީ މިއަދުއެވެ. ރައީސްގެ މި ދަތުރުފުޅުގެ އިތުރު ތަފުސީލެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
ކުރީގެ ރައީސުންނާ ހިލާފަށް ރައީސްގެ ނުރަސްމީ ދަތުރުފުޅުތަކާ ގުޅުންހުރި އިދާރީ ކަންކމާއި އާއިލާގެ ކަންކަން ހިމެނޭ ގޮތަށް ދަތުރުފުޅާ ގުޅުންހުރި ހުރިހާ ހަރަދެއް ހަމަޖައްސަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށެވެ.
ރައީސްގެ ދަތުރުފުޅުތަކުގެ ތެރެއިން ރަސްމީ ދަތުރުފުޅުތައް ނިމުމަށްފަހު، ހަފުތާއެއްހައި ދުުވަސް ތެރޭޭގައި އެ ދަތުރުފުޅަކަށް ދައުލަތުން ހިނގި ހަރަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންނަނީ ހާމަކުރަމުންނެވެ.