ENGLISH

21 ޑިސެމްބަރު 2025

Advertisement

ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކުރުމާ ބެހޭ ވެބިނާއެއް ބާއްވަނީ

21 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން. ފޮޓޯ: ސަންއޮންލައިން

ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވެބިނާއެއް ބާއްވަން ނިންމައިފިއެވެ. 

އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މި ވެބިނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނަށް ޚާއްސަކޮށްގެން 'އިންވެސްޓް އިން މޯލްޑިވްސް ޓުއަރިޒަމް - އެކްސްޕްލޯ އޮޕޮރޗިއުނިޓީސް' ގެ ނަމުގައި ބާއްވާ ވެބިނާއެކެވެ. ވެބިނާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. 

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި ހަރަކާތުގެ ތެރެއިން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. 

އެ ވުޒާރާއިން ވަނީ ވެބިނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. މިގޮތުން ވެބިނާގައި ބޭނުންވާ އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ރަޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި މި ދާއިރާއަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.  

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި ބޭރުގެ އިންވެސްޓުމެންޓުތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. އެގޮތުން މި ވެބިނާއަކީ ފަތުރުވެރިކަން ކުރިއަރުވައި، ދާއިރާގައި އިންވެސްޓުމެންޓުތައް އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. 

ކިޔުންތެރިންގެ ހިޔާލު