ENGLISH

20 ޑިސެމްބަރު 2025

Advertisement

ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކުރި 698 ގޯތީގެ ޕްލޮޓް ކަނޑައެޅުން ނިންމާލައިފި

20 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ޕްލޮޓް ކަނޑައެޅުމަށް ކަލާފާނު ސްކޫލުގައި ގުރުނެގުން ކުރިއަށްދަނީ. ފޮޓޯ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ޕްލޮޓް ކަނޑައެޅުމަށް ބޭއްވި ގުރުނެގުން ނިންމާލައިފިއެވެ. 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކަލާފާނު ސްކޫލުގައި މިއަދު ކުރިއަށްގެންދިޔައީ، ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުނެގުމެވެ. އެގޮތުން އެފަރާތްތަކުގެ މެދުގައި ގުރުނެގުން ނިންމާލިއިރު މިހާރު ވަނީ ގޯތިތައް ތަރުތީބުކުރެވިފައިވާ ގޮތް ފައިނަލްވެފައެވެ. 

ގޯތިތަކުގެ ޕްލޮޓް ކަނޑައެޅީ ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކުއެވެ. އެގޮތުން އަލަށް ގެނައި ބަދަލާއެކު ގޯތިތައް ލޮކޭޓްވެފައިވާ ސަރަޙައްދުތައް ވަނީ ބަދަލުވެފައެވެ. މާސްޓަރ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާތެ މަތިންނެވެ. 

ޕްލޮޓް ލިބުމުން، ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނަ ގޮތް ހަދައި، އެސްއެމްއެސް އަކުން ޕްލޮޓް ނަންބަރު ވަނީ ފޮނުވައިފައެވެ. 

ގޯތިތައް ކަނޑައެޅުމުގެ މަސައްކަތް ނިމުމުން ދެން އޮންނާނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް ކުރުމެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އެ މަޢުލޫމާތު ފަހުން އާއްމުކުރާނެ ކަމަށެވެ. 

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދީފައިވަނީ 7 ސައިޒެއްގެ ގޯއްެޗެވެ. 

ހުޅުމާލެ ތިންވަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ތަފްޞީލް:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  •  2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ނިންމިއިރުު އެތަން ހިއްކާފައެއްނުވެއެވެ. އެސަރަޙައްދު ހިއްކައި ގޯތި ދިނުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި، އެމްޑީޕީ ސަރުކާރުން ނުހިއްކާ ދީފައި ހުރި ގޯތިތައް ލިބޭނެތޯ ވަރަށް ގިނަ ބަޔަކު ގެންދިޔައީ ސުވާލު އުފައްދަމުންނެވެ. ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިންތައް ހިއްކައި ކުރިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެގޯތިތައް ދެއްވާނެ ކަމަށެވެ. 

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދިނުމުގެ އިތުރުން، ގިރާފަޅާއި ރަސްމާލެ ހިއްކައިގެން ވެސް ގިނަ އަދަދެއްގެ ގޯތި ރައްޔިތުންނަށް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު