ENGLISH

20 ޑިސެމްބަރު 2025

Advertisement

އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަގުހުރި ޑިސްކައުންޓުތަކާއި އިނާމުތަކެއް!

20 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ -- ފޮޓޯ: ކަލަރގްލާސް މާރކެޓް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކުންފުނީގެ 61 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އެކުންފުނީގެ ވިޔަފާރި ސެގްމެންޓްތަކުގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އަގުހުރި ޑިސްކައުންޓުތަކާއި އިނާމުތައް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެކުންފުނީގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމުން ހޮވާލެވިފައިވާ ތަކެތިން 70 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރާ ދެ ފަރާތަކަށް ޚާއްސަ އިނާމެއް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އެސްޓީއޯއިން ބުނީ މާދަމާގެ ނިޔަލަށް މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. 

މީގެ އިތުރުން ޕީޕަލްސް ޗޮއިސްއިން ވެސް މިއަދު ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ފިލިޕްސް ސައުންޑް ބަރއެއް ދިނުމަށް ވަނީ ނިންމާފައެވެ. 

އެސްޓީއޯއިން ވަނީ އެކުންފުނީގެ 61 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްތައް ބޭއްވުމަށް ރާވާފައެވެ. މި ހަރަކާތްތަކުގެ މައުލޫމާތު އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.  

މި އަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އެސްޓީއޯއިން ވަނީ 'ސްކެވެންޖާ ހަންޓް' އެއް ކުރިއަށްގެންދިއުމަށް ވެސް ރާވައިފައެވެ.

މި ހަރަކާތުގެ ތެރެއިން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖުގައި އާއްމުކުރެވޭ، އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ ފިހާރަތަކުގައި ފޮރުވިފައިވާ 'ހިންޓް' ތައް ބޭނުން ކޮށްގެން، އަރަތެއް ފުރިހަމަ ކުރާ ފުރަތަމަ ފަރާތަށް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު