ENGLISH
20 ޑިސެމްބަރު 2025
އަންނަަ ހޯމަދުވަހު ޒުވާނުންގެ ގައުމީ ކޮންފަރެންސް ބާއްވަނީ
20 ޑިސެމްބަރު 2025
|
އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޒުވާނުންގެ ބައިވެރިވުމާއެކު އަންނަ ހޯމަދުވަހު ޒުވާނުންގެ ގައުމީ ކޮންފަރެންސް ބާއްވަން ނިންމަައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ނޭޝަަނަލް ޔޫތު ކޮންފަރެންސްގެ ނަމުގައި ބާއްވާ މި ކޮންފަރެންސްއަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަަށްގެންދާ ކޮންފަރެންސެކެވެ.
އެ ވުޒާރާއިން ބުނެފައިވަނީ މި ކޮންފަރެންސް ކުރިއަށްގެންދާނީ މި މަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގަައި ހުންނަ ޔޫތު ހަބުގައި ކަމަށެވެ. އަދި މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ޒުވާނުންނާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިއަހަރު ޒުވާނުންގެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، އެކި ކަންކަމުގައި ޒުވާނުންގެ ކަންބޮޑުވުންތައް ދެނެގަތުމާއި، އެކަންކަމަށް ވަށާޖެހޭ ހައްލުތައް ހޯދައިދިނުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތު އެކުލަވައިލުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.
ޖުމްލަ ހަ މައުޟޫއަކަށް ބަހާލައިގެން ވޯކްޝޮޕުތައް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށްވެސް ޒުވާނުންގެ ވުޒާރާއިން ބުނެފައިވެއެވެ.
މި ކޮންފަރެންސް ނިންމުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.